މަނަދޫ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ އިއްޔެ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު ވަޅުލައިފި

ޚަބަރު ފަހުގެ

ނ.މަނަދޫ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ އިއްޔެ ފެނުނު އެ ރަށު އަންނާރުމާގޭ/ ނައީމާ މޫސާގެ ހަށިގަނޑު ވަޅުލައިފި އެވެ.

ނައީމާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު ހަވީރު 04:45ހާއިރެވެ. އަދި އޭނާ ވަޅުލާފައިވަނީ ހަވީރު 05:30ހާއިރެވެ. އޭނާގެ ކަށުނަމާދު އޮތީ، އެ ރަށު މަސްޖިދުލް ރިޟްވާންގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނައީމާ މަރާލާފައި އޮއްވައި ފެނިފައިވަނީ ހުކުރުދުވަހުގެ އިރުއޮއްސި 6:13 ހާއިރުއެވެ. އެއީ އޭނާގެ ހަބަރެއް ނުވެގެން 5:30 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ކޮޓަރީ ދޮރު ވައްޓާލައި އެތެރެޔަށް ވަދެ ބެލުމުންނެވެ.

18 އަހަރުން މަތީގެ 3 ދަރިންގެ މަންމަ، ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.

ނަމާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ނަމަވެސް ޕޯސްޓްމޯޓަމް ނުހަދަން ނިންމި ސަބަބެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ މަރުގެ ތަހުގީގަށް މާލެއިން ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް މަނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ މަރާ ގުޅިގެން އެ ރަށުން އެއްވެސް މީހަކު ފުރުމާއި ރަށަށް އެރުން ފުލުހުން އަންގައިގެން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ