ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކުގެ މަންމަފުޅު ނިޔާވެއްޖެއެވެ.
މޫސާ މަނިކުގެ މަންމާފުޅު، ހ.ކުޑަހެންވޭރުގެގޭ އައިމިނަތު މަނިކެ (ކަތުގެ އާމިނާ މަނިކެ) ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މޫސާ މަނިކުގެ މަންމާފުޅުގެ ޖަނާޒާއާއި ކަށު ނަމާދު އޮންނާނީ މިރޭ 12:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.


