ފަޅު ރަށްރަށް ކުއްޔަށް ދޫކުރެއްވުން ވަގުތީގޮތުން ހުއްޓަވައިލައްވައިފި

ޚަބަރު ފަހުގެ

ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓަވާލައްވައިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެކްރިކަލްޗަރުން ވިދާޅުވެއްޖެއެވެ.

ފަޅު ރަށްރަށް ކުއްޔަށް ދޫކުރެއްވުން ވަގުތީގޮތުން ހުއްޓަވައިލެއްވީ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފަޅުރަށްތަކާބެހޭ ޤާނޫނަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ވަނީ އިޞްލާޙް ގެންނަވައިފައެވެ. އެގޮތުން ފަޅުރަށެއް ދޫކުރައްވާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާއި މަޝްވަރާކުރަންޖެހޭ ގޮތަށް، ފަޅުރަށްތަކާބެހޭ ޤާނޫނަށް ވަނީ އިޞްލާޙު ގެނެސްފައެވެ.

މި ބަދަލު ގެނައުމަށް މަޖިލީހަށް ހުށައެޅީ، ކުރިން ފަޅުރަށްރަށް ދިނުމާބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށުއެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެންނެވި އިޞްލާޙުތަކުގެ ސަބަބުންނެވެ.

ފަޅުރަށްތައް ބެލެހެއްޓުމާއި ދޫކުރުމުގެ ކަންކަން ހިންގަވަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބެއްލެވުމުގެ ދަށުންނެވެ.

މިިނިސްޓްރީން ބުނީ “ދިވެހިރާއްޖޭގެ ފަޅުރަށްރަށާއިބެހޭ ގަވާއިދު”އަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންދާކަމަށެވެ. މިއާގުޅިގެން “ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު” ގެ 11 ވަނަ މާއްދާގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިނޫޅޭ ނުވަތަ ފަޅުރަށްރަށުގެ ގޮތުގައި 774 ރަށެއް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ