ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން ހަތް ވަނަ ޓަވަރުގެ އެއާޕާޓްމެންޓެއްްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.
އެ ސަރަހައްދުގައި ސިފައިންނާއި ބައެއް އާއްމުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން އާބަންކޯއިން ބުނީ، ހިޔާގެ އެޗް ހަތެއް ޓަވަރުގެ ޔުނިޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެކަމަކު، އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ
އެ އެޕާޓްމެންޓްގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


