ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ކެނޑިޑޭޓަކު ވާދަކުރެއްވިއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ އާރިފްއެވެ.
ޕީޕީއެމުން ކޮންޓްރޯލްކުރަމުން އައި ގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ.
މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެގޮތުން ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.
ގުޅީގައި ބެހެއްޓި ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 242 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 255 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 16 ވޯޓު
ގުރައިދޫ 1 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 219 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 179 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 21 ވޯޓު
ގުރައިދޫ 2 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 210 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 246 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 14 ވޯޓު
މާފުށި 1 ނަންބަރު ވޯޓު ފޮށި ނެތް
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 226 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 308 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 27 ވޯޓު
މާފުށި 2 ނަންބަރު ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 179 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 196 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 24ވޯޓު
މާލޭގައި ބެހެއްޓި ވޯޓު ފޮށި
1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 150 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 162 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 20 ވޯޓު


