ދެލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފި

ޚަބަރު ފަހުގެ

ދެލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މެރިން ފުލުހުން ވިދާޅުވިގޮތުގައި، މިރޭ 19:45 އެހާކަންހާއިރު ވިލިމާލެއާއި މާލެ ދޭތެރެއިން 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ދެލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

މެރިން ފުލުހުން ވިދާޅުވިގޮތުގައި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާލިބިފައިނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ