ނަޢީމާގެ މަރު: ތަހްޤީޤަށް ބައެއް މީހުންގެ ސާމްޕަލް ނަގައިފި

ޚަބަރު ފަހުގެ

ނ.މަނަދޫ އަންނާރުމާގެ 62އ، ނަޢީމާ މޫސާގެ މަރުގެ މައްސަލާއިގެ ތަހްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ނަގައިފިއެވެ.

ގިނަ ޒަޚަމްތަކާއެކު މިމަހުގެ 7 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ނަޢީމާގެ މަރުގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

Advertisement

ނާޢީމާގެ މަރުގެ ތަޙުޤީޤުކުރިއަށް ގެންދަނީ ހޮމިސައިޑް ނުވަތަ މަރާލާފައިވާ މީހެއްގެ ތަޙުޤީޤުގެ ގޮތުގައެވެ. އަދި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަޙުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް އަންނަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ.

ނަޢީމާގެ މަރާއި ގުޅިގެން، ފުލުހުންގެ ހުއްދަ ނެތި ރަށަށް މީހުން އަރާ ފޭބުމާއި، އަދި އުޅަނދުފަހަރު ރަށަށް ދަތުރުކުރުމުގައިވެސް ފުލުހުންގެ ހުއްދަ ނެތި ނުކުރުމަށް ވަނީ އަންގާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ