ގެމަނަފުށި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ޚަބަރު ފަހުގެ

ގއ. ގެމަނަފުށި ސްކޫލްގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

Advertisement

އެ ސްކޫލްގެ އެދުމުގެ މަތިން އެޕްރީލް 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންގައި، ގެމަނަފުށީގެ ޓްރެފިކާ ގުޅުންހުރި މައުލޫމާތާއި ބައިސްކަލް ދުއްވާއިރު ދަރިވަރުން ސަމާލުކަންދީ ވިސްނަންވީ ކަންކަމާއި، ރޭގަނޑު ބައިސްކަލް ދުއްވާނަމަ އަމަލުކުރަން ޖެހޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، އިންޓަނެޓުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެގޮތާއި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުގައި އާންމުކޮށްގެންނުވާނެ ޒާތީ މައުލޫމާތު ބުނެދީފައިވެއެވެ. އަދި މިފަދަ މައުލޫމާތު ހިއްސާކޮށްފިނަމަ ދިމާވެދާނެ ކަންކަންބުނެދީފައިވެއެވެ.

އޭގެ އިތުރުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމަކީ ކޮބައިކަމާއި އެކަން ކަމުން ދުރުހެލި ވެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި ރިވެތި އަދަބުތަކާއި ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންގައި އެ ސްކޫލްގެ 92 ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ