ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކޮށްފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ.ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ޞަލާޙާ ޢައްޔަން ކުރައްވައިފިއެވެ.

Advertisement

ފާޠިމަތު ޞަލާޙާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ. ފާޠިމަތު ޞަލާޙާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ފާޠިމަތު ޞަލާޙާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފާޠިމަތު ޞަލާޙާ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މީގެ ކުރިން ފާޠިމަތު ޞަލާޙާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމު އަދާކުރައްވާފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް ފާޠިމަތު ޞަލާޙާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު އަދާކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ