މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ

ޚަބަރު ފަހުގެ

މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވައިފިއެވެ.

Advertisement

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާފަންނު ސްޓޭޑިއަމްގައެވެ. އަދި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދުގަޔާއި، ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާނެއެވެ. ހުޅުމާލޭގައި ފޭސް 1- ސިންތެޓިކް ޓްރެކުގައާއި، ފޭސް-2 ގެ ކްރިކެޓް ސްޓޭޑިއަމް (h16 އާ ދިމާލަށް އޮންނަ ސަރަޙައްދު) ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ވިލިމާލޭ ބޯޅަ ދަނޑުގައެވެ.

ޢީދު ނަމާދު ވަގުތު މޫސުން ގޯސްވެއްޖެނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ފިޠުރު ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ