ދިޔަމިގިއްޔާއި ގެމަނަފުށީ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެއް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ދިޔަމިގިއްޔާއި ގެމަނަފުށީ ސިއްހީ މަރުކަޒުގެ މަސައްކަތްތަކެއް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ތ. ދިޔަމިގިލި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތްތައް ކުރުމަށް ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 4،405،835.16 (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްހާސް އަށްސަތޭކަ ތިރީސްފަސްރުފިޔާ ސޯޅަލާރި) އެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 154 ދުވަހުގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިންއެވެ. އަދި ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޢަލީ ޝާހިދެވެ.

ގއ. ގެމަނަފުށި ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ.

މަސައްކަތުގެ ޖުމްލަ އަގަކީ 1،393،930.51 (އެއްމިލިއަން ތިންލައްކަ ނުވަދިހަތިންހާސް ނުވަސަތޭކަ ތިރީސް ރުފިޔާ ފަންސާސް އެއްލާރި) އެވެ. މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިންއެވެ. އަދި ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑްފަރާތުން ސޮއިކުރެއްވީ ސީއީއޯ އަޙްމަދު ޒިޔާދުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ