ދެ ބޭހެއް ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚަބަރު ފަހުގެ

ދެ ބޭހެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކުރައްވައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސަރޓަން ނުވަތަ ޓެލްސަރޓާ 40ގެ ބެޗެއްގައި(2B151) މައްސަލަ އުޅޭކަމަށް އެބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބޭހުގެ މައްސަލަ އުޅޭ ބެޗު ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް އެއަިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާންގެ ފާމް އިވޯ ފަރމަސޫޓިކަލްސްއިން އުފައްދާ، މިބޭހުގެ އެބެޗުގައި މުށިކުލައިގެ ލައްތަކެއް ހުރުމާއި ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން މިބޭސް ގަންނަކަމުގައިވާނަމަ ބެޗް ނަމްބަރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.

އޭގެ އިތުރުން ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯ ގެ ބެޗެއްގައިވެސް ފޯލްސިފައިޑް ބެޗްތަކެއް ޔޫއޭއާއި ކިރްގިސްތާންއިން ފެނިފައިވާތީ ކަމާބެހޭ ފަރާތްތަކުން އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިއީ ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކުން ހުއްދަކުރާ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ ބޭހުގެ (19G19A) ބެޗްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސްސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ޚާއްޞަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ