ވާރޭ ނުވެހި ގިނަ ދުވަސް ވުމާއިގުޅިގެން ގދ. ހޯނޑެއްދޫގެ އާއްމު ތާނގީތަކުންނާއި ބައެއް ގެތަކުން ފެން ހުސްވެ ފެނަށް ޖެހުމުގެ ސަބަބުން އެ ރަށު ކައުންސިލްއިން ބޯފެން ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީތެއްގައި ވިދާޅުވީ ހޯނޑެއްދޫ އޮތީ ބޯފެނަށް ޖެހިފައިކަމަށާއި މާރޗުމަހުން ފެށިގެން ސަރުކާރުގައި އާއި ފެނަކާގައި ބޯފެނަށް އެދި ކައުންސިލުން އެދެމުން އަންނަކަމަށާއި ނަމަވެސް ދިނީ ބީރު ކަންފަތެއްކަމަށެވެ.
އޭނާ ވަނީ ހޯނޑެއްދޫ ރައްޔިތުންނަށް ބޯފެން ހަދިޔާ ކުރަން އެދޭ ފަރާތްތަކުން ކައުންސިލަށް ގުޅުމަށް އެދިވަޑައިގެންފައެވެ