“ސާޖިންއާއެކު އުތުރުން ދެކުނަށް” މާދަމާ ހަވީރު ހަނިމާދޫއަށް އައުމަށް ހަމަޖެހިފައިވާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ.
ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ފިރާގް ވިދާޅުވީ ހއ ގެ ރަށްތައް ނިންމުމަށްފަހު މާދަމާ 16:00 ގައި ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ހަސަން ސާޖިން، ހަނިމާދޫއަށް އަންނާނެ ކަމަށެވެ.
” ޒުވާން މަސްވެރިޔާ ސާޖިން އަށް ހޫނު މަރުހަބާއެއް ކިޔުމަށް ހަނިމާދޫ ކުދިބޮޑު އެންމެން 16:00 ބަނދަރު ސަރަހައްދަށް ނުކުތުމަކީ އަޅުގަނޑުމެން ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް” ނައިބުރައީސް ފިރާގް
ހަނިމާދޫއަށް ޒުވާން މަސްވެރިޔާ ސާޖިން ކުރައްވާ ދަތުރުގެ އެކޮމޮޑޭޝަން ހަމަ ޖައްސައިދެނީ ހަނިމާދޫ ކައުންސިލުގެ ފަރާތުންނެވެ.
“ސާޖިންއާ އެކު އުތުރުން ދެކުނަށް” ކުރާ ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭނާ ދާނެ އެވެ. ރަށްރަށުގެ މަސްވެރިންނާ އެކު މަހަށް ގޮސް، ދަނޑުވެރިންނާ އެކު ދަނޑަށް ވެސް ދާނެ އެވެ. އެއިން ކޮންމެ ރަށެއްގެ ދިރިއުޅުން ކެމެރާ އަށް ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ އެވެ.


