ސަޢޫދީޢަރަބިއްޔާ އަށް 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިއްޖެ އެވެ.
ސަޢޫދީޢަރަބިއްޔާގެ ހަރަމައިން ޝަރިފައިން ޓްވީޓްކޮށްފައިވާ ގޮތުގައި ހަނދު ފެނިފައިވަނީ އެގައުމުގެ ތުމައިރް އަދި ސުދައިރް އަށެވެ.
އެހެންކަމުން އެ ގައުމުންވަނީ މި ހިނގާ އޭޕްރިލް މަހުގެ 20 ވަނަ ދުވަސް (މިއަދު) އަކީ ރޯދަމަހުގެ އެންމެ ފަހު ދުވަސް ކަމުގައި ކަނޑައަޅައި، މާދަމާ، 21 އޭޕްރިލް 2023 އަކީ ހިޖުރީ ގޮތުން ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ


