ރާއްޖެއަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ރާއްޖެއަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާކަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އިއްވެވި ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެއާއި އިސްލާމީ ހުރިހާ ޤައުމަކަށް ޝައްވާލު މަހުގެ ހަނދު ފެންނާން ހުންނާނެކަމަށް އިތުބާރު ހިފޭ ފަލަކީ ހިސާބުން ފެންނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިތުރަށް މިނިސްޓަރު ވިދާޅުވީ ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާކަން ރަސްމީކޮށް އެނގިފައިވާ ކަމަށެވެ.

މާދަމާއަކީ އީދުކަން އިއުލާނުކޮށްފައިވާއިރު ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ހޮނިހިރުދުވަހާއި، އާދީއްތަދުވަސް ބަންދުވާނެކަން ސަރުކާރުން އިއުލާނުކޮށްފައިވެއެވެ.

ފިޠުރު ޢީދު ދުވަހުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި އޮންނާނެކަން އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވަނީ އިއުލާނުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ