މިސްރުގައި ބޭއްވި 29 ވަނަ “އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން” އިން ރާއްޖެ އިން ބައިވެރިވި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު، އެ މުބާރާތުން ދެވަނަ ހޯދައިފި އެވެ.
އެ މުބާރާތުން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށް، ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. އޭނަ އަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސްް އަބްދުލްފައްތާޙް އަލްސީސީ އެވެ.
މިސްރުގެ މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ.


