ރާއްޖޭގައި ސައްހަ ނޫން ޑޮލަރު ވިއްކުން އިޝްތިހާރު ކުރާތީ އެ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.
އެމްއެމްއޭއިން ބުނީ އަސްލާ އެއްގޮތަށް ހަދާފައި ހުންނަ ޑޮލަރުތަކެއް ވިއްކުމަށް އިޝްތިހާރު ކުރަމުންދާ މައްސަލައެއް އެމްއެމްއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި “ފޭކް ޑޮލަރު” އިޝްތިހާރުކުރާ މައްސަލަ އެމްއެމްއޭއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖޭގައި ފޭކް ޑޮލަރުގެ މަދު ކޭސްތަކެއް ފެންމަތިވި ނަމަވެސް މިއީ މިހާ ހާމަކަން ބޮޑު ގޮތެއްގައި ފޭކް ޑޮލަރު ވިއްކަން ފެށި ފުރަތަމަ ފަހަރެވެ.


