ދެކުނުގެ ރަށެއްގައި ގެސްޓް ހައުސްއަކަށް ކުޑައަންހެން ކުއްޖަކު ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަން (ގއ.، ގދ.، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގައި ހިމެނޭ އަތޮޅެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރޭ 23:02 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.


