ފަރުކޮޅު ފުށީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރޯވެފައިވަނީ ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތުގައި ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 17:01 ގައި ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އަލިފާންގަނޑު ނިއްވާމުލުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު، އާބަންކޯއިން ބުނީ، ހުޅުމާލޭ ފޭސް 2 ފަރުކޮޅު ފުށީގައި ހުރި ބާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއ އަލިފާން ނިއްވުމަށް މިހާރު އެމް.އެން.ޑީ.އެފް އިން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.


