އެފްކޮންސްގެ ޖޫރިމަނާ މަޢާފްކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ

ޚަބަރު ފަހުގެ

ތިލަމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މާފުކޮށްދިނުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެ ކުންފުނިން ވަނީ އެންވަޔަރަމެންޓު މިނިސްޓަށް ހުށަހަޅާފައިއެވެ.

“ޖޫރިމަނާ މައާފްކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް އަދި ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން.” ޝައުނާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފްކޮންސް އިން އީޕީއޭގެ ނިންމުން އިސްތިއުނާފު ކުރުމާ ގުޅިގެން، އެ ކަމުގައި ޤާނޫނީ ރިވިއު ހަދައި ނިމިފައި ކަމަށެވެ.

އަދި ލީގަލް ރިވިއު އިން ލަފާ ދީފައި ވަނީ، އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މަރުހަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ