“ހަސަން ކުރުސީ ” ހޯދުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

“ހަސަން ކުރުސީ” ޓްވިޓަރ އެކައުންޓުގެ އަސްލު ހޯދައި ދެއްވުމަށް ރައީީސް މުޙައްމަދު ނަޝީދު ފުލުހުންގެ އިދާރާއަށް ހުށައެޅި މައްސަލަ ބަލަން ފަށައިފިއެވެ.

“ހަސަން ކުރުސީ” އަކީ ކާކުތޯ ބެލުމަށް ފުލުހުންނަށް ރައީސް ނަޝީދު މައްސަލަ ހުށަހަޅުއްވައިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ނަޝީދުގެ އޮފީހުން ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ ރައީސް ނަޝީދުގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި، އެތަކެއް އޮޅުމެއް އަރާ ކަމުގައެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔުއްވާ ބައެއް ލިޔުންތަކުގެ ހަޤީޤީ/ހިޔާލީ ޝަޙްޝިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.

ގިނަ ކަންކަމުގައި ޙިޔާލު އެއްގޮތް ވިޔަަސް، ހަސަން ކުރުސީ އަކި ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ