އޮންލައިންކޮށް ޓީޗިން ކޯސްތައް ކުރިއަށް ގެންދެވޭހެން ވަގުތީ އަމުރެއް ނެރެފި

ޚަބަރު ފަހުގެ

ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތަށް ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

“ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު”ގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަދައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގެޒެޓް ކޮށްފައިވާ “ލާނިން އީ ފޯ ގައިޑްލައިން” އަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ފަހިކޮށްދޭ ހައްގުތަކާއި މިނިވަންކަމާއި ކަށަވަރުކޮށްދޭ ގާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ފަދައަކުން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ މާލެ ހައި ލިމިޓެޑުން ވަނީ ހަޔާ އެޑިއުކޭޝަންގެ މައްޗަށް ދައުވާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލާގައި މާލެ ހައި ލިމިޓެޑުން ވަނީ، އެ ތަނުން ހިންގާ މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ފޭސް ޓު ފޭސް ލާނިން މޮޑަލިޓީގައި ޓީޗާ ޓްރެއިން ކޯސްތަކުގައި ދަރިވަރުން އެންރޯލްކޮށް ކިޔައިވިދިނުން ކުރިއަށް ގެންދިއުމަށް ހުރަސްނޭޅުމަށާއި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ހުއްދަތައް ދެމުން ގެންދިއުމަށް އެމްކިޔުއޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް މާލެ ހައި އިން އެދުނު ކަންކަމާއި ސަބަބުތަކަށް ބަލައި ހައިކޯޓުން ނެރުނު އަމުރުގައި ބުނީ މައުލޫއީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެފި ނަމަ، އީ-ލާނިން މޮޑަލިޓީގެ ދަށުން ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި އަދި މިހާރުވެސް ގިނަ ކުދިންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން، ހުށަހެޅިފައިވާ މައްސަލާގައި އަމުރެއް ނުނެރެފި ނަމަ އެ މައްސަލައިގެ ފައިސަލާ ކުރަނިވި ހުކުމް އަންނައިރު އެ މައްސަލައިގެ މައުލޫގައި ހިމެނޭކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ކަމަށާއި އަދި އެ އަމުރު ނެރެނުދީފި ނަމަ ދަރިވަރުންނަށާއި މަންދު ކޮލެޖަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އަމުރުގައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ