މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ލ .އަތޮޅުން އައްޑުއާ ހަމައަށެވެ. މި އެލާޓް ނެރެފައި 5:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހޫނު ގަދަ ދުވަސްވަރެކެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ