ކިންގްސް ކެޕިޓަލް [ފޮރެކްސް]ގެ އެއް ހިއްސާދާރު އަލްހާން ފަހުމީ މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އިނާމެއް ހުށަހަޅައިފި އެވެ.
ޓެލެގްރާމް ގުރޫޕެއްގައި ބުނެފައި ވަނީ އަލްހާން މަރާލި މީހަކަށް 200،000ރ. ދޭން ތައްޔާރު ކަމަށާއި އެކަމާ އެ ގްރޫޕްގެ އެޑްމިން އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ ބަލައިދިނުމަށް، އަލްހާން ވަނީ ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާންގެ ކިބައިން ވެސް އެދިފަ އެވެ.
ފޮރެކްސް ޓްރޭޑިންގެ ނަމުގައި އަހްލާން ހިންގި ސްކީމަށް އިންވެސްޓްކުރި އެތައް ބައެއްގެ އެތައް މިލިއަން ރުފިޔާއެށް އަނބުރާ ނުލިބި އަލްހާންދެކެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
2014 ވަނަ އަހަރުވެސް ބަޔަކުވަނީ އަލްހާނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.


