މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ޚަބަރު ފަހުގެ

އއ. މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރުއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ތޫނު އެއްޗަކުން ޒަރީރަށް ހަމަލާދީފައިވަނީ ރޭ ފަތިހު 05:00 ހާއިރު ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ވިދާޅުވީ މި ހަމަލާއާ ގުޅިގެން އެމްޕީ ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށެވެ.

ނަމަވެސް ޒަރީރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ