މާއްޓޭ އެކަޑަމީ ހަނިމާދޫގައި ފެށުމަށް މަޝްވަރާކޮށްފިއެވެ.
ރޭ ހަނިމާދޫ ބްރޭކް ޓައިމްގައި ކުރިޔަށްދިޔަ މި މަޝްވަރާ ބައްދަލުވުން މެނޭޖް ކޮށްފައިވަނީ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެވަމުން ގެންދަވާ އަހުމަދު ޖަލީލުއެވެ.
މި ބައްދަލުވުގައި ހަނިމާދޫ ކައުންސިލް މެންބަރުންގެ އިތުރުން ކުލަބު ޖަމިއްޔާތައް އަދި ހަނިމާދޫ ފުލުހުންގެ އިތުރު މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައުރޫފް އަހުމަދު (މާއްޓޭ) ބުނީ އެކަޑަމީ ވުޖޫދު ކުރުމުގެ ކުރިން އެންމެ މުހިންމު ކަމަކީ އެކަމަށް ތަމްރީން ވެފައިވެފާ ބަޔަކު ތައްޔާރުން ކަމަށެވެ. އެހެން ނޫންނަމަ ކުރަން އުޅޭ ކަންތައް ނުވާނެ ކަމަށެވެ.
“ހަމައެކަނި ފުޓްބޯޅަ ކުޅުމެއް ނޫން.. ފުޓްބޯޅައާ އެކު އިޖުތިމާއީ ރަނގަޅު ސިފަތަކާއި ކުދިންގެ ތައުލީމަށް ވެސް ސަމާލުކަން ދޭންޖެހޭ” މާއްޓޭ
މި ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލް ނައިބުރައީސް ވަނީ އެކަޑަމީ ހަނިމާދޫގައި ހިންގުމުގައި ކައުންސިލުން ވެވެންއޮތް އެހީތެރި ކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.


