މާލެއިން ފުރި މުދާ އުފުލާ ބޯޓެއް ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރު ނުވެގެން ހޯދަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ‘ސަވާރީ’ ނަމަކަށް ކިޔާ ބޯޓެއްކަމަށެވެ. އެ ބޯޓް އެންމެ ފަހުން ޚަބަރެއްވީ މިއަދު ހެނދުނު 9:07 ގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބޯޓުގެ ޚަބަރެއް ނުވެގެން މިއަދު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)އަށެވެ.

އެއާއެކު މިހާރު ކޯސްޓުގާޑުން އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ