ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފި

ޚަބަރު ފަހުގެ

އއ. ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އއ. ރަސްދޫ ފުލުހުން ތަހުގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ހުރި 25 އަހަރުގެ ފިރިހެނަކު މޭ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލައާއި ގުޅިގެން، ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ފިލައިގެން ދިޔަ މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ