ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިސީސީޔޫގެ ޚިދުމަތް ފަށައިފި

ޚަބަރު ފަހުގެ

ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އައިސީސީޔޫގެ ޚިދުމަތް ފަށައިފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ ޝިއާމްއެވެ. މި ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލްގެ އައިސީސީޔޫ ޕްރޮޓޮކޯލްވެސް އިފްތިތާހުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އައިސީސީޔޫގެ ޚިދުމަތް ބަދަލުކޮށްފައިވަނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި 3 ފަންގިފިލާގެ “ކާނި ވިންގް” އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށެވެ. މިތަނަކީ 6 އެނދުގެ އައިސީސީޔޫއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިހާތަނަށް ޚިދުމަތް ދެމުން އައިސްފައިވަނީ 3 އެނދުގެ އައިސީޔޫއެއްގައެވެ.

މިޕްރޮޖެކްޓަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ 3 ބުރީގެ އައު އިމާރާތާއެކު 36 އެނދުގެ ޖާގަ ހޮސްޕިޓަލަށް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ތިރީ ފަންގިފިލާ ބޭނުންކުރަނީ، 15 އެނދުގެ ކުޑަކުދިންގެ ވޯޑެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާގައި 15 އެނދުގެ މެޑިކަލް ވޯޑްގެ އިތުރުން އެންމެ މަތީ ފަންގިފިލާގައި 6 އެނދުގެ އައިސީސީޔޫއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ