ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް މަހަކު ދައްކަން ޖެހޭ 5،300ރ. އަށް ހަދައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނީ ހަތް އަހަރު ދުވަހު ކަމަށެވެ.
އެގޮތުން ހަތް އަހަރު ވަންދެން ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 5،300ރ. އާ ކަމަށާއި ހަތް އަހަރު ނިމުމުން 7،500ރ. ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މި މަހުން ފެށިގެން ހިޔާގައި ދިރިއުޅޭ މީހުން މަހަކު ދައްކަން ޖެހޭނީ މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 6،300ރ. އެވެ. ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް 8،500ރ. ދައްކަން ޖެހޭނެއެވެ.


