ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފި

ޚަބަރު ފަހުގެ

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.

ދިވެހި ފުލުހުން ބުނީ ފިލީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް އެމީހާގެ ވަނަވަރު އަދިހާމައެއް ނުކުރެއެވެ.

މިމަހުގެ 5 ވަނަ ދުވަހު ވެސް ވަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލާފައެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެއްސެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ