ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓާ ރޭ ދަންވަރު ފިލި މީހާ ފިލާ އޮއްވާ ހޯދައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯދާފައިވަނީ އެރަށުގެ ހަރުގެއެއްގެ ތެރެއިންނެވެ.
ޑުރަގް މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ ރޭ ދަންވަރު 12:57 ހާއިރު ފިލީ ދާންދޫއަށް އުފަން އުމުރުން 48 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރީންވެސް ޑުރަގުގެ މައްސަލަތަކެއްގައި ހައްޔަރުކުރި މީހެކެވެ.
ފުލުހުންގެ މީޑިއާއިން ފޮނުވި މެސެޖެއްގައި ބުނީ، ފިލި މީހާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ފޮޓޯ: މުހައްމަދު އާސިފް


