ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
4.6 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުން މަސައްކަތް ނިންމާގޮތަށެއެވެ. އެލް.އެމް.އެސް ކުންފުންޏަކާއެކެވެ.
މަނަދޫގައި އައިސީޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު މަނަދޫ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެހޮސްޕިޓަލުގައި އޯޕީޑީ 6 ކޮޓަރިއާއި ލެބޯޓަރީއެއް ވަނީ އިމާރާތްކޮށްފައެވެ.
އަދި އައު ހޮސްޕިޓަލެއްވެސް އެ ރަށުގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. އެ ޢިމާރާތުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.


