މަގޫދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާހު ކޮށްފި

ޚަބަރު ފަހުގެ

ފ. މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމު އިފްތިތާހު ކޮށްދެއްވީ މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެމަނިކުފާނުގެ އިތުރުން މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ދައުލަތުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ “އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް“ އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވިގެން ދާނެ ނިޒާމެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރުގެ 2 ޓޭންކު ވަނީ ބަހައްޓާފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަނާއި 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ގާއިމްކޮށްފައެވެ.

މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 31،496،840.00 ރުފިޔާއަށެވެ.

މި މަސައްކަތް އަލްޓެކް އިން ކުރި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ