މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާލެ އިން 21 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން މީގެކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.
މަނަދޫގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފަ އެވެ.


