ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ރާއްޖެއަށް 7.2 މިލިއަން ޑޮލަރު

ޚަބަރު ފަހުގެ

ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި ޕަބްލިކް ފައިނޭންސިންގ ދާއިރާގެ ކަންތައްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ރާއްޖެއަށް 7.2 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

އެމެރިކާއިން ރާއްޖެއަށް މި އެހީ ދިނުމަށް ނިންމާފައިވަނީ ދެޤައުމުގެ ދެމެދުވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމެންޓް (ޑީއޯއޭޖީ)އަށް ގެނައި 10ވަނަ އިޞްލާޙްގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޮރިން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ޑީ.އޯ.އޭ.ޖީއަށް 10 ވަނަ އިޞްލާޙު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓަކީ 12 މާޗް 2019 ގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މިހާތަނަށް މި އެއްބަސްވުމަށް 9 އިޞްލާޙް ވަނީ ގެނެސްފައެވެ. މި އެއްބަސްވުމުގެ ތެރެއިން އެމެރިކާއިން މިހާތަނަށް ދިން އެހީ މިފަހަރުގެ އިޞްލާޙާއެކު 36.1 މިލިއަން ޑޮލަރަށް އަރައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ