ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ޝިހާބް އައްޔަންކުރެއްވީ ނޮބެމްބަރު 15، 2019 ގަ އެވެ.
ޝިހާބް ވަނީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހޯމް މިނިސްޓަރުގެ މަގާމާއި މާލޭގެ މޭޔަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ޝިހާބު އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނަވާ ބޭފުޅެކެވެ. ނަޝީދު އިސްވެ ހުންނަވާ އުފައްދަން އުޅޭ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް”ގެ އެކި ހަރަކާތްތަކުގައި ވެސް އޭނާ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.


