އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަނީ

ޚަބަރު ފަހުގެ

އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުނެފިއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގެއް ހިނގަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެމައްސަލާގައި ނޫސްތަކުން ރިޕޯޓް ކޮށްފައިވަނީ މުޅިން ސައްޙަ މަޢުލޫމާތުތަކެއް ނޫންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

“ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ހަބަރަކީ، އެކަމާ ގުޅޭގޮތުން މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ޚަބަރެކެވެ.” ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފްސީލު ދިނުމެއް ނެތި ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރު ކުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެނިޒާމުތަކާމެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ