މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ އިން ފުރައިގެން މަހިބަދޫ އަށް ދަތުރުކުރަމުންދިޔަ “ރިކާޑޯ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑުން އަޑިއަށް ދާ ކަމަށް މިރޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، އދ. ޕޮލިސް ލޯންޗުގެ އެހީގައި ދޯނީގައި ތިބި 8 މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.
އެ ދޯނިން ސަލާމަތްކުރި މީހުން މަހިބަދޫއަށް ގެންދިޔުމަށް ފުލުހުން އަންނަނީ ދަތުރުކުރަމުންނެވެ. މި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


