ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް ޢަލީ ފައުޒީ ހަމަޖައްސަވައިފި

ޚަބަރު ފަހުގެ

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަޤާމަށް ދިވެހި ވިޔަފާރިވެރިއެއްކަމަށްވާ ޢަލީ ފައުޒީ ހަމަޖައްސަވައިފިއެވެ. މިއީ ރަޝިޔާ ސަރުކާރުން ޢައްޔަންކުރާ މަޤާމެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް ހަމަޖެއްސެވި ޢަލީ ފައުޒީ މަޤާމު، ދިވެހި ސަރުކާރުން ޤަބޫލުކުރެއްވިކަމުގެ ލިޔުން ނުވަތަ އެގްޒެކުއޭޓާ އޭނާއާ ވަނީ ޙަވާލުކުރައްވައިފައެވެ. އެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް ޢައްޔަންކުރެއްވި އަލީ ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރީގައި ޙަރަކާތެރިވާ ސްޓީލް ހާރޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރއެވެ.

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް އަލީ ފައުޒީ ޢައްޔަންކުރެއްވުމާ ގުޅިގެން އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަޝްވަރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ