ހަނިމާދޫ ޓޫރިޒަމް ޒޯނުން ބިން ކުއްޔަށް ދޫކުރަން ހަނިމާދޫ ކައުންސިލުން އިއުލާން ކުރީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
އެދުވަހު އިއުލާން ކުރީ 10000 (ދިހަހާސް އަކަފޫޓު) 4 ބިން 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށާއި، އަދި 5000 (ފަސްހާސް އަކަފޫޓު) 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވާކަމަށާއި ބިޑުގެ މައުލޫމާތު އެރުވުން 20 ވަނަ ދުވަސް އަދި 24 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
އެގޮތުން އިއްޔެ ވަނީ 10000 (ދިހަހާސް އަކަފޫޓު) ބިންތަކުގެ ބީލަމުގެ މައުލޫމާތު އަރުވާފައެވެ.
” މިއީ ހަނިމާދޫ ކައުންސިލްގެ ތާރީހުގައިވެސް މިފަދަ ގިނަ އަދަކަށް ވިޔަފާރި ތަކުން ބައިވެރިވި ފަހަރު، 75 ވިޔަފާރިއަކުން މީހުން މައުލޫމާތު ސާފުކުރަން ދުރުވި” ހަނިމާދޫ ކައުންސިލް ނައިބު ރައީސް ފިރާގް މުހައްމަދު
މި ބިންތަކަށް ބީލަން ހުށައަޅަން ޖެހެނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލަށެވެ.
މީގެ އިތުރުން ފަސްހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފުކުރުން 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައި އޮންނާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.


