ޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި ޓީމް ހަނިމާދޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
މަނަފަރު އެފްސީއާ ދެކޮޅަށް އިއްޔެ ހަވީރު އިހަވަންދޫ ފުޓުބޯޅަދަނޑުގައި ކުޅެވުނު މެޗު ޓީމް ހަނިމާދޫ ކާމިޔާބު ކުރީ 4 ލަނޑު 0 ލަނޑުންނެވެ.
ޓީމް ހަނިމާދޫގެ ލަނޑުތަށް ކާމިޔާބު ކޮށްދީފައިވަނީ އާލިފް އިބްރާހިމް، މުހައްމަދު ހަސަން އަދި ނައުފަލް އަބުދުލް ރައޫފްއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު އާލިފް ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މުބާރާތުގައި ޓީމް ހަނިމާދޫ އިން މިއަދު ހަވީރު 17:00ގައި މެޗެއް ކުޅޭނެއެވެ. އެއީ ސެންސިޓީއާ ދެކޮޅަށެވެ. މިމެޗައްފަހު ޓީމް ހަނިމާދޫގެ މެޗެއް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ކުޅިމަގާ ދެކޮޅަށެވެ. އެއަށް ފަހު 26 ވަނަ ދުވަހު މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށް މެޗެއް ކުޅޭނެވެ. މީ ގްރޫޕް ސްޓޭޖްގައި ޓީމް ހަނިމާދޫ ކުޅޭނެ ފަހު މެޗެވެ.


