ވެރިކަމުގެ ލައްޒަތަކަށް ޝައުގެއް ނެތް: ނަޝީދު

ފަހުގެ ސިޔާސީ

ވެރިކަމުގެ ލައްޒަތަކަށް އެއްވެސް އިރެއްގައި ޝައުގެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ދަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުން ވެފައި އޮތީ ދެން އަންނަން އޮތް ޖީލަކަށް ރާއްޖެ މިހާރު އޮތް މިންވަރަށް ވުރެ ރަނގަޅަށް ރައްދު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި، ވެރިކަމުގެ ލައްޒަތާއި އަރާމަށްޓަކާ އުޅުމަކީ އެއްވެސް އިރެއްގައި ޝައުގެއް އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ވެރިކަމުގެ ދަހިވެތިކަމާއި، ވެރިކަމުގެ ލައްޒަތާއި، ވެރިކަމުގެ އަރާމަށްޓަކާ އުޅުން އެއީ އެއްވެސް އިރެއްގައި ހަމަގައިމު ވެސް އަޅުގަނޑުގެ ހިތުގައި ކުޑަކޮށް ވެސް އުފެދިފައި އޮތް ޝައުގެއް ނޫން،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަނުކުރައްވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ. ރިޔާސީ ޕްރައިމަރީ އަށް އިލްޔާސް އެކަނި ކުރިމަތިލެއްވުމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެގޮތުން ރިޔާސީ ޓިކެޓް ކަށަވަރުކުރުމަށް މަދުވެގެން 10 ޕަސެންޓް ވޯޓު އިލްޔާސް ހޯއްދަވަން ޖެހެ އެވެ. އެ އިންތިހާބު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ސީދާ ނަތީޖާ ދަންނަވަން އަދި ތަންކޮޅެއް އަވަސް ކަމަށާއި ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް އިލްޔާސް ނުދާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ. މިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އެމްޑީޕީގެ އާންމު މެމްބަރުންގެ ގިނަ ވޯޓު ވެސް އިލްޔާސް ހޯއްދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމާފައިވާއިރު ޕީޕީއެމުން އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީން ދާދިފަހުން ވަނީ އެއްބަސްވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ