ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖު 2023: ކުޅިމަގުން ޓީމް ހަނިމާދޫ މޮޅުވިއަނުދީ ހިފަހައްޓައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ
  1. ޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި ޓީމް ހަނިމާދޫ ކުޅުނު 3 ވަނަ މެޗުން ޓީމް ހަނިމާދޫ މޮޅުވިއަނުދީ ހިފަހައްޓައިފިއެވެ.

ކުޅިމަގާ ދެކޮޅަށް އިއްޔެ ހަވީރު އިހަވަންދޫ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މެޗުން، ޓީމް ހަނިމާދޫ މޮޅުނުވެ ހިފެހެއްޓީ 3 ލަނޑު 3 ލަނޑުންނެވެ.

ޓީމް ހަނިމާދޫ މެޗު ފަށައިގެން މެޗުގެ ލީޓް ނެގި ނަމަވެސް ކުޅިމަގުން ދެވަނަ ހާފު ކުޅުން ރަނގަޅުކޮށް ޓީމް ހަނިމާދޫ މޮޅުވިއަނުދީ ވަނީ ހިފަހައްޓާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓީމް ހަނިމާދޫގެ ގޯލްތައް މުހައްމަދު ހަސަން، އަލީ ހުސައިން އަދި މުހައްމަދު ނާފިޒް ޖަހައިދިންއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ހަނިމާދޫގެ އަލީ އާމިރްއެވެ. ޓީމް ހަނިމާދޫ އަދި ކުޅިމަގު ބައްދަލުކުރި މެޗްގައި ކުޅިމަގަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ޝިފާއު އަދި މުހައްމަދު ޝަމްވީލްއެވެ. އަނެއްގޯލަކީ ހަނިމާދޫ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ.

މި މެޗުން މޮޅު ނުވިނަމަވެސް 7 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު ޓީމް ހަނިމާދޫ އޮތީ ގުރޫޕް ބީ ގެ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކުޅިމަގަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު ހަނިމާދޫއަށްވުރެ ފައިދާ ގޯލް މަދެވެ. މާރަންދޫ ޔޫތް ސޮސައިޓީ 3 ވަނައިގައިއޮތީ 3 ޕޮއިންޓާއިއެކުއެވެ. ގްރޫޕްގެ ފުލުގައިއޮތް ސެންސިޓީ އަދި ޖޭއޭ މަނަފަރަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެ ދެޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ދޮރުވަނީ ބަންދުވެފައެވެ.

ޓީމް ހަނިމާދޫ އަދި ކުޅިމަގަށްވެސް ބާކީ އެއް މެޗް އޮތްއިރު އެ ިމެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްލައިގެންވެސް ސެމީފައިނަލް ކަށަވަރުވާނެއެވެ.

ދެން ޓީމް ހަނިމާދޫގެ މެޗެއް ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހު މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ. މިއީ ގްރޫޕް ސްޓޭޖްގައި ޓީމް ހަނިމާދޫ ކުޅޭނެ ފަހު މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ