އައްޑޫ ސިޓީގައި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި

ޚަބަރު ފަހުގެ
  • ދިވެހިރާއްޖޭގެ މިނިވަން ކަމަށް 58 އަހަރު ފުރޭ، 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައިވެރިވެ ވަޑައިގެންފިއެވެ.

    މިއަދު ހެނދުނު 6:00 ގައި އައްޑޫ ސިޓީ ހިތަދޫގެ ސިޓީ ސްކެއަރ ގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ސިޓީ ކައުންސިލުގެ މެންބަރުންނާއި އައްޑޫ ސިޓީގައި ހުރި ދަޢުލަތުގެ އެކި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

    ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިނިވަންދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ