ޤައުމީ އިނާމާއި ޚާއްސަ އިނާމު މިއަހަރު 50 ބޭފުޅަކަށް

ޚަބަރު ފަހުގެ

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، 1ކުންފުންޏަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، 17 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ދެއްވައިފިއެވެ. މިއިނާމު ދެއްވާފައިވަނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

ގަޢުމީ އިނާމަކީ އެކި ދާއިރާތަކުން ޤަޢުމަށްކުރައްވާ ޚިދުމަތާއި، އަދި ޤައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް ކޮންމެ އަހަރަކު ދެއްވާ އިނާމެކެވެ. މިޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވަނީ ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:
* އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން – އައްޝައިޚް އަޙްމަދު ފަހުމީދީދީ، ގ.ސިނަމާލެ 1 13-01
* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން – ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
* ފަތުރުވެރިކަމުގެ ދާއިރާއިން – ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ދަތުރުފަތުރުގެ ދާއިރާއިން – ކެޕްޓަން އަޙްމަދު ޒުބައިރު، މ. މޯނިންގވިލެޖް
* ކުޅިވަރުގެ ދާއިރާއިން – މައިޒާން ޢަލީމަނިކު، ހ. އިސްދޫ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ.
ޢިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން، ނުކުޅެދުންތެރިކަން ހުންނަ 2 ކުއްޖަކު އިނާމު ޙާސިލްކޮށްފައިވެއެވެ.

ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ދާއިރާއިން އެއް ބޭފުޅަކު އިނާމު ޙާސިލްކުރެއްވިއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 10 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ވަނީ ދެއްވާފައެވެ.

އެކި ދާއިރާތަކުން ޤައުމީ އިނާމު ޙާސިލްކުރެއްވި އެންމެހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ ތަޙުނިޔާ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ