ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާ އަށް ގޮސް އުޅުނު ދިވެހި އަންހެނަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވީ އަސްކޮއެ ޓްރެވެލް ސާވިސްގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅެނިކޮށް ހއ. ދިއްދޫ، ހިމާލިޔާ، ފާތިމަތު ޞަބިއްޔާ، 43، އެވެ.
އޭނާ ނިޔާވެފައި ވަނީ އިއްޔެ ހެނދުނު 11:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސަބިއްޔާ އަކީ ސިއްހީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ވެސް އެނގިފައި ވެއެވެ.
ސޮބިއްޔާގެ މައްޗަށް ކުރެވޭ ކަށުނަމާދު ރޭ އިޝާ ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރަމްގައި ވަނީ ބާއްވާފައެވެ.


