ޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު ސެމީފައިނަލް މެޗުގައި ނައިވާދޫ އަތްދަށުވެ ޓީމް ހަނިމާދޫއަށް މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.
ސެމީފައިނަލް މެޗު ފެށިތާ މާގިނައިރު ތަކެއްނުވަނީސް ޓީމު ހަނިމާދޫ ނައުފަލް ވަނީ ލަނޑެއްޖަހައިދީފައެވެ. އެއީ މެޗުގެ 11 ވަނަ މިނެޓުގައެވެ. އެ ލަނޑާއެކު ލީޑުގައި އޮތް ޓީމް ހަނިމާދޫ އިތުރަށް ލީޑު ފުޅާވީ ހަނިމާދޫ ޓީމް 27 ނަންބަރު ޖެހި ބޯޅައެއް ނައިވާދޫ ޓީމް ނިޔާޒުގެ މޭގައި ޖެހި ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ފުރަތަމަ ހާފު ނިންމާލީ 2 ލަނޑު 0 ލަނޑުންނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ ނައިވަދޫން ކުރި މަސައްކަތުން 9 ވަނަ މިނެޓުގައި އެޓީމުގެ 9 ނަންބަރު ހުސާމް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. އެއާއެކު މެޗު 2-1 ލަނޑުން ނިމެން ދަނިކޮށް އެންމެ ފަހު މިނެޓުގައި ޓީމް ހަނިމާދޫ މުހައްމަދު ހަސަންއަށް ނައިވާދޫ 77 ނަންބަރު ފައުލު ކުރާމައެކު ލިބުނު ދުރު ޕެލެންޓީ ކާމިޔާބުކޮށް ނައިވަދޫން ނަތީޖާ 2-2 ބަދަލުކޮށްލިއެވެ.
އެއާއެކު މެޗު ނިމުނީ 2-2 އެއްވަރުވެގެން ކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނައިވާދޫ ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. ނައިވާދޫ ކީޕަރ ވަނީ ޓީމް ހަނިމާދޫ ޖެހި 2 ޕެނަލްޓީ މަތަކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ގޯލު ބެލެހެއްޓި މުޙައްމަދު ރިޒާއެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އިހަވަންދޫ ޓާފް ފުޓްބޯޅަ ދަނޑުގައެވެ. ބައްދަލު ކުރާނީ ޔުނައިޓެޑް ޔޫތާއި ނައިވާދޫ އެވެ.


