ރައީސް ޞާލިހު ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު އާދިއްތަ ދުވަހު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ކުރިއަށް އޮތް ދިރާސީ އަހަރު ބޭނުންކުރަން ފަށާ ފުވައްމުލައް ސްކޫލް މަލްޓިޕަރޕަސް ހޯލުގެ މަސައްކަތަކީ 2021 ވަނަ އަހަރު ފެށި މަސައްކަތްކެވެ. ސަރުކާރުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މި މަސައްކަތަކީ، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

ރަޢީސް ސާލިހު މިއަދު ހުޅުވައިދެއްވި ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓުބޯޅަ ދަނޑަކީ، ޓާފް އަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްޤީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރު ދަނޑުތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއްވެސް ވަނީ ހިންގާފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ